Saturday, 15 June 2024

މަޖިލިސް އިންތިޚާބުގައި، ޕީޕީއެމް ޕީއެންސީ އެކުގައި ވާދަކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީޕީއެމް ޕީއެންސީ އެކުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި ޕީޕީއެމްގެ ނައިބުރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މީރުމާ ހޮޓެލްގައި ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ޕީޕީއެމް ޕިއެންސީއާއި ދެމެދު އެއްވެސް ކަހަލަ ދެބަސްވުމެއްނެތް ކަމަށާއި، ދެ ޕާތީވެސް ދާނީ އެކުގައި ކުރިއަށް ކަމަށާއި އަމާޒަކީ ކުރިއަށްއޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި މަޖިލީހުގައި ދެ ޕާޓީ ވާދަ ކުރައްވާނީ ވަކިން ތޯ ނުވަތަ އެއްކޮށް ތޯ ވަނީ މަޝްވަރާކުރައްވާފައި ކަން ފާހަގަކުރައްވަމުން، ޝިޔާމް ވިދާޅުވީ މަޝްވަރާގެ މަތިން ނިންމި ނިންމުމަކީ ދެ ޕާޓީ އެކުގައި މަސައްކަތް ކުރެއްވުން ކަމަށާއި އަދި އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުންކަމަށެވެ.

Image

އެމަނިކުފާނު ވިދާޅުވީ، ސަރުކާރެއް ހިންގުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ މަޖިލިސް ކޮންޓްރޯލް ކުރުން ކަމަށެވެ.  އެކަމަށް އިޝާރަތްކުރައްވައި ޝިޔާމް ވިދާޅުވީ މަޖިލީސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރެއްވުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެކަމަށެވެ.

މަޖީލިސް އިންތިޚާބު ކާމިޔާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ސަރުކާރަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ މަޖިލީހުގެ ގޮނޑިތަށް ކާމިޔާބު ކޮށްގެން ކަމަށާއި އަދި ރައްޔިތުންގެ ވައުދުތަށްފުއްދުމުގައި މަޖިލީހަކީ ވަރަށް އިސް ރޯލެއް އަދާކުރައްވާ ތަނެއް ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމާއި މެދު އެއްވެސް ޝައްކެއް އެމަނިކުފާނުގެ ނެތްކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޤާބިލު، ކަމަށް ކުޅަދާނަ ބޭފުޅެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު