ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމަކީ “ޕީޕަލްސް ނެޝަނަލް ފްރޮންޓް” ކަން ހާމަކޮށްފިއެވެ.
އެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ފާޑުކިއުންތައް އަމާޒުވެފައި ވާއިރު ސަރުކާރުގެ ދިފާއުގައި ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގަނެފަ އެވެ. އެގޮތުން, ސަރުކާރުގެ ދިފާއުގައި ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. ވަޒީރުން ވިދާޅުވެފައިވަނީ 5 އަހަރުގެ ވެރިކަމެއް ރައްޔިތުން ހަވާލުކޮށްފައިވާއިރު އެކަން ކުރުމަށް ރައީސް ޖާގަ ދިނުމަށެވެ.
ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލުއެވެ.
ޕީއެންސީގެ ޗެއަރމަން ޢަބްދުއްރަޙީމާއި ޕީޕީއެމް އާއި ޕީއެންސީގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މަލީޙްއާއި ޖަމީލް، ރައީސް ޔާމީނަށް ހެޔޮއެދިވަޑައި ނުގަންނަވާނެ ކަމުގައެވެ.