Saturday, 22 June 2024

"ހެވެއް ނޭދޭނެ، އެ ނަގަނީ ނާޖާއިޒު ފައިދާ"

އެމްޑީޕީގެ ވެރިކަން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން، އޭރުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރު ޤާއިމުކުރެވިގެން ދިޔައީ، އޭރުގެ އިދިކޮޅު ޕާޓީތަކާއެކު ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި، ސައިންސް އެންްޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ހުންނަވާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މަޤާމުން އިސްތިއުފާ ދެއްވި ޖަމީލަށް ރައީސް ވަޙީދުގެ ސަރުކާރުން ހޯމް މިނިސްޓަރ ކަން ލިބިވަޑައިގަތެވެ. އަދި 2013 ވަނަ އަހަރު ޤައުމުގެ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ނައިބަކަށް ޑރ. މުޙައްމަދު ޖަމީލް ވެވަޑައިގެންނެވިއެވެ. ވެރިކަމަށް ދޮޅު އަހަރު ވީ ތަނާ، ނައިބު ރައީސް ކަމުގެ މަޤާމުން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަކިކޮށް އެ މަޤާމަށް ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު އަބްދުލް ޣަފޫރު އިސްކުރެއްވިއެވެ.

ދެކޮޅުވެރި ރޫޙުން އަނދަން ފެށި އަލިފާން

އެކަމާހެދި ޖަމީލުގެ ހިތުގައި ރައީސް ޔާމީނާމެދު، ޖަމީލުގެ ހިތުގައި އަނދަން ފެށި ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ޖަމީލު ފޫގެޅުއްވިއެވެ. ރައީސް ނަޝީދާއެކު އެެއް ޕޯޑިއަމަށް އަރުއްވައި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ވައްކަމާ ކޮރަޕްޝަނާއި ފަސާދަ ޢާންމުވެ ދައުލަތުގެ ކަރާމާތް ގެއްލިފައިވާ ކަމަށާއި، ރައީސް ޔާމީން ވަގުތުން ވަގުތަށް އަޒުލުކުރަންޖެހޭ ފަދަ މޭރުމަކުން ޖަމީލު ވާހަކަ ދެއްކެވިއެވެ.

ދެން ކުރިމަތިވީ 2018 ގެ ރިޔާސީ އިންތިޚާބާއެވެ. ރައީސް ޞާލިޙްގެ ވެރިކަން ފެށުނީއެވެ. ޖަމީލުގެ ކޮއްކޮ މަލީހަށް ޓެކްނޮލޮޖީ މިނިސްޓަރުކަން ލިބިވަޑައިގެންނެވިއެވެ. ޖަމީލު ދެން ވާދަކުރެއްވީ، 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށެވެ. ނަމަވެސް ހިތި ގޮތަކަށް ބަލިވީއެވެ. ރައީސް ޞާލިޙުގެ އަދި އެމްޑީޕީގެ ތާޢީދުވެސް ޖަމީލަށް ލިބިވަޑައި ނުގަތެވެ. އެއާއެކު، ޖަމީލަށް އެމްޑީޕީގެ ވެރިކަން ގޯސްވެއްޖެއެވެ. ރައީސް ޞާލިޙްވެސް ވަގުތުން ވަގުތަށް އަޒުލުކުރަން ވެއްޖެކަމުގައި ބުނަން ފަށައިފިއެވެ. ރައީސް ޞާލިޙަކީ ނުކިޔަވާ ހުރި މީހެއް ކަމަށާއި ތަންދޮރު ނުދަންނަ މީހެއް ކަމަށް ގޮވާ ނަގަން ފެށިއެވެ. ހަޖޫޖަހަން ފެށިއެވެ.

ޖަމީލަށް އިތުބާރު ނުކުރެވޭ ސަބަބު

ކުރީގެ ރައީސް ޔާމީން ގިނަ ދުވަސްތަކެއް ޖަލަށް ލާފައިވުމުން އެ މަނިކުފާނަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ނަންގަވާފައިވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދަންކަވަމުންނެވެ.

މިވާހަކަތައް ޙިއްސާކުރެއްވިއިރު، ޕީޕީއެމްގެ ލީޑަޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. މަނީ ލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވުމުން، އެ މަނިކުފާނަކީ ގައިދީއަކަށް ވާތީ ޔާމީންގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. ޖަމީލްގެ ވާހަކަތަކުގައި އެންމެ ބޮޑަށް ރައްދު ދެއްވަނީ ރައީސް ޑރ. މުއިއްޒުގެ އެންމެ އަރިސް އެއްބޭފުޅާ އަބްދުއްރަހީމަށް ކަން ފާހަގަކުރެވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރު ފެންނަމުންދަނީ ޔާމީންގެ ދުޝްމަނުން އެ މަނިކުފާނު ހަލާކުކުރަމުންދާ ތަން ކަމަށާއި ޖަމީލަކީ ޔާމީންގެ ދުޝްމަނެއް ކަމަށެވެ. ޖަމީލަކީ ޔާމީންގެ ސަރުކާރު ވައްޓާލައި، އެމްޑީޕީގެ ސަރުކާރެއް ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޔާމީންގެ ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރި ހިސާބުން ފެށިގެން އިދިކޮޅުން އުފެއްދި ހަރަކާތުގެ ލީޑަރަކީ ޖަމީލު ކަމަށެވެ. އިނގިރޭސި ވިލާތުގައި ހުންނަވައި، ޓީވީ ކުރިމައްޗަށް އަރާވަޑައިގެން ޔާމީނަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށާއި، ޔާމީންގެ ސަރުކާރު ވައްޓާލަން އެންމެ ގަދައަށް މަސައްކަތް ކުރި މީހުން މިއަދު ނުކުމެ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަން ފެށީމަ އެކަން ބަލައި ނުގަނެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ތެދެކެވެ. ނިޔަތް ރަނގަޅު ކަމަކަށް ނުފެނެއެވެ.

ދިމާވި މައްސަލަ

ޖެހުނު މައްސަލައަކީ ކެބިނެޓުގެ މައްސަލައެވެ. އެކަމުގައި އަދުރޭ އަމާޒުކުރެއްވީ ސުވާލެކެވެ.

  • ކިހިނެއްތޯ މުއިއްޒުގެ ކެބިނެޓްގައި ނުވަތަ ނައިބު ރައީސަކަށް ޖަމީލު ލައިގެން މުއިއްޒު މަސައްކަތް ކުރައްވާނީ؟؟

އަދުރޭ ވިދާޅުވީ، ރާއްޖޭގައި އުފެދޭ ކޮންމެ ސަރުކާރެއްގައި ޖަމީލާއި މަލީހަށް މިނިސްޓަރު ކަން ލިބެން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ރައީސަކު ކެބިނެޓަށް އައްޔަން ކުރައްވާނީ އެ ރައީސަކަށް އިތުބާރު ކުރެއްވޭ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވިއެވެ. "ކިހިނެއްތޯ މުއިއްޒުގެ ކެބިނެޓްގައި ނުވަތަ ނައިބު ރައީސަކަށް ޖަމީލު ލައިގެން މުއިއްޒު މަސައްކަތް ކުރައްވާނީ؟ ޖަމީލަކީ މުއިއްޒު ވެރިކަމަށް އަޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ހުންނެވި ބޭފުޅެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖަމީލަކީ މުއިއްޒު ވެރިކަމަށް އަޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ހުންނެވި ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައިވަޑައިގަތީ ވެސް ޖަމީލުގެ ނުރަނގަޅު ނިޔަތުގެ ތެރެއިންނެވެ. ކައިރީގައި ތިބި އަމިއްލަ އެދުން ނޫން އެހެން ކަމެއް ނެތް ބައެއްގެ ނުފޫޒުންނެވެ.

"ޔާމީން މި ވޭތުވެދިޔަ ފަސް އަހަރު އެ ހޭދަކުރެއްވީ ބަންދުގައި. ދެ އަހަރެއްހާ ދުވަހު މީހަކު ޖަލުގައި ބާއްވާލީމާ އެނގޭނީ އޭގެ ހުރި އަސަރާއި ކެކުޅުމާއި ހިތްދަތިކަމާއި ވޭނާ. އެ ހާލަތުގައި ޔާމީން ހުންނެވި ދަނޑިވަޅެއްގެ ނާޖައިޒު ފައިދާ ޖަމީލާއި މަލީހު ނަންގަވާ ތަން އަޅުގަނޑަށް ފެންނަނީ." "މިހާރު" އަށް ދިން އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެބޭފުޅުން ބޭނުންފުޅުވާހާ ގޮތަކަށް ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރެއިން ޖާގަ ލިބިވަޑައިނުގަތީމަ އެ ބޭފުޅުން ބޭނުންވީ ޑރ. މުއިއްޒުގެ ވެރިކަމަށް ހުރި ގޮންޖެހުމަކީ ރައީސް ޔާމީން ކަމަށް ހަދަން. އެއީ އެ ކުރައްވާ މަސައްކަތަކީ. މި ގައުމުގެ ރައްޔިތުންނަށް އެނގޭނެ ޖަމީލަކީ ކިތައް އަނގައިގެން ވާހަކަ ދައްކަވާ ބޭފުޅެއް ކަން." އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ބަދަހިކަން ރޫޅާ ނުލެވުން

ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ފާޑުވިދާޅުވެފައި އަމިއްލަ ފައިދާ އަށް ޔާމީންގެ ބޭނުން ހިފައިގެން ޖަމީލު، މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރި ކުރަން ކުރާ މަސައްކަތަށް، އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ޖާގައެއް ނުދެއްވާ ކަމަށެވެ. ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒާއެކު އޮތީ އެ އަށް ވުރެ މާ އެކުވެރި ބަދަހި ޓީމެކެވެ.

ޓިކެޓް ހޯދުމަށް ކުރި މަސައްކަތް ފަނުފުލުން

އެހެންނަމަވެސް، ޖަމީލު ބޭނުންވީ ޔާމީނަށް ފުރުސަތު ބަންދުކޮށް، ޕީޕީއެމްގެ ޓިކެޓް ހޯދަން ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިހާ ގިނަ ދުވަސް ވަންދެން ޖަލަށް ލާފައި ހުންނަން ޖެހުނީ ވެސް ޖަމީލާ ހެދިއެވެ. ޖަމީލު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ޔާމީންގެ ޝަރީއަތް ގަސްދުގައި ރާވައިގެން ލަސްކުރަމުން ގެންދެވި ކަން ފާހަގަކުރައްވަމުން، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުން ވެސް އެހާ ލަސްކުރީ އެހެންވެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައިރީގައި އެ ބޭފުޅުން ވިދާޅުވި ހުކުމް ކުރިތާ 72 ގަޑިއިރު ތެރޭ އިސްތިއުނާފު ހުށަހަޅާނެ ކަމަށް. ދެ މަސް ދުވަހަށް ދިގު ދެމިގެން ދިޔައީ ކީއްވެގެންތޯ. ކޮން ސަބަބަކާ ހުރެތޯ؟" "މިހާރު"އަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.

"ޖަމީލުގެ ބޭނުމަކަށް ވީ ޔާމީނަށް އިންތިހާބުގެ ފުރުސަތު ބަންދު ކޮށްފައި ޕީޕީއެމް ޓިކެޓްގައި ވެރިކަމަށް އައުން. އެ މަގުސަދު ފުރިހަމަ ނުވީމާ، އެ ފުރުސަތު އެހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީ. އެކަމުގެ ހިތްދަތިކަމުގައި އެ އުޅުއްވީ. ކެތްނުކުރެވިގެން އެ އުޅުއްވަނީ." އަދުރޭ ވިދާޅުވިއެވެ.

ޖަމީލު ތައްޔާރުވެގެން ހުންނެވީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވުމަށް ކަމަށާއި ރައީސް މުއިއްޒު އިންތިހާބުގައި ވާދަަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ދުވަހު ޖަމީލު، ޔާމީނާ ބައްދަލު ކުރެއްވުމަށް ޖަލަށް ވެސް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ޔާމީނަށް ބަދަލެއް ނުވި ކަމަށާއި ފުރުސަތު ލިބުނީ ފޯނު ކޯލަކަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ޖަމީލުގެ ބޭނުމަކަށް ވީ ޔާމީނަށް އިންތިހާބުގެ ފުރުސަތު ބަންދު ކޮށްފައި ޕީޕީއެމް ޓިކެޓްގައި ވެރިކަމަށް އައުން. އެ މަގުސަދު ފުރިހަމަ ނުވީމާ، އެ ފުރުސަތު އެހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީ. އެކަމުގެ ހިތްދަތިކަމުގައި އެ އުޅުއްވީ. ކެތްނުކުރެވިގެން އެ އުޅުއްވަނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެ ދުވަހު ގުޅުއްވީ މެޑަމް ފާތުން [ޔާމީންގެ އަނބިކަނބަލުން]. ވިދާޅުވީ ޔާމީން މިހާރު ގޮތް ދޫކުރައްވައިފި ކަމަަށް، [އިންތިހާބު ބޮއިކޮޓްކުރު ނުކުރަން ނިންމެވުން]. އެ ޚަބަރު ލިބިވަޑައިގެންނެވުމުން ޖަމީލު ކީރިތި ކުރެއްވި ކަމަށް ޚަބަރު ލިބުނީ. ވިދާޅުވި ކަމަށް ވަނީ ރައީސްއޭ ތިމަންނަ ވެސް ލައްކަ މަސައްކަތް ކޮށްފީމޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ ލެވެލްގައި ވެރިކަމަށް ދަހިވެތިވެފައި ހުންނެވި ބޭފުޅަކަށް އެ ފުރުސަތު ލިބިވަޑައިނުގަތީމާ ކުރައްވާނެ އަސަރު ކުރައްވައިގެން އުޅުއްވާ ކަމަށެވެ.

"ދެން އަރާވަޑައިގެން މީހުންނަށް ހެއްދެވި ނުހެއްދެވިއަށް އެ ކިޔަނީ. އަޅުގަނޑު ހިތަށް އަރަނީ ހާދަ ފެންވަރު ދަށޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ހާމަވި ޙަޤީޤަތް

ޑރ. ޖަމީލަކަށް އެއްވެސް ވެރިކަމެއް ކަމަކު ނުދިޔައެވެ. ޖަމީލު ވެރިކަމަށް ފައިނަންގަވާ ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ޖަމީލަށް ރިޔާސީ ޓިކެޓް ލިބުމަށް ފުރުޞަތު ލިބޭނެ ކަމެއް ކަމަށްވެސް ޤަބޫލުކުރެވެއެވެ. މިހާރު މިފެންނަ މަންޒަރުތަކަށް ބަލާއިރު، ޖަމީލު ވެރިކަމަށް ފައިނެންގެވި ކަން ކަށަވަރުވެއެވެ. އެކަން ނާކާމިޔާބުވެ، ސަރުކާރުގެ މަތިފަޑިން މަޤާމެއް ނުލިބި ދިޔުމުގެ ސަބަބުން އެމަނިކުފާނުގެ ހިތުގައި އަނދަމުންދާ އަލިފާޅުގެ ހުޅުގަނޑު ފަޅައިގެން ދިޔަ ކަމުގައި ބެލެވެއެވެ. އަދި ރައީސް ޔާމީނަށް ހެޔޮކޮށް ހިތުމަށްވުރެ އަމިއްލަ މަސްލަޙައްތަށްޓަކައި އަޅަމުންދާ ފިޔަވަޅުތައް ހުރިކަން ފާހަގަވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު