Saturday, 15 June 2024

ރައީސް ޔާމީންގެ "ޕީއެންއެފް" އުފައްދަނީ ދަރިކަލުން ޒޭންގެ ނަމުގައި

ސިޔާސީ މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް  ޔާމީން، އައު ސިޔާސީ ޕާޓީ އުފައްދަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭންގެ  ނަމުގައިކަން ހާމަކޮށްފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދުމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މިއަދުވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވި ޓީމުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއެވެ. މީގެއިތުރުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްވެސް ހުންނެވިއެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް 8 މުއައްސިސެއް ތިއްބެވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގައި އުޅުއްވާ މުއައްސިސުން

* ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
* ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
* ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު
* މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ
* އަދްލީ އިސްމާއީލް
* ޑރ. ޖިހާދު ހަސަން
* އަލީ އާދަމް، ކަކާގެ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުއްދަދެވޭނީ 1 މުއައްސިސަކަށް ކަމަށެވެ.

”އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު ނިންމީ ރައީސް ޔާމީންގެ ދަރިކަލުންގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް. އޭގެ އިތުރުން, ދެން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި, ކުރީގެ ސީޕީ ހުސައިން ވަހީދާއި, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަނާއި ކަކާގޭ އަލީ އާދަމް. މިޕާޓީ އުފެދުމާއެކު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑެއް މުގުރާލާނެ." މުހައްމަދު މަލީހު ޖަމާލު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕާޓީ އުފެއްދުމުގައި އިސްކޮށް 8 މުއައްސިސުން ހިމެނޭކަމަށެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ މީހަކަށް ދޭތީ މަޝްވަރާއަށްފަހު މުއައްސިސެއްގެ ގޮތުގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން   ހަމަޖައްސަވާފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.
އަދި ކުށުގެ ރިކޯޑުތަކާއި އިދާރީ ކަންކަން ފުރިހަމަވީހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ. މަލީހް ވިދާޅުވީ ޕާޓީ އުފެދުމާއެކު ކުރިއަށް އޮތް މާލޭސިޓީ މޭޔަރުކަމުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު