އިޤްތިސާދު ފުނޑިގެންދާއިރު ކުޅިބަލަން ނުތިބެވޭނެ، މިއީ ފޭރޭ ބަޖެޓެއް: އަފީފް

ދައުލަތުގެ ދަރަނި ބޮޑުވެ ރާއްޖޭގެ އިޤްތިސާދު ފުނޑިގެންދާއިރު ކުޅިބަލަން ނުތިބެވޭނެ ކަމަށާއި ހުށަހަޅާފައިވާ ބަޖެޓަކީ މިއީ ފޭރޭ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީި ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރިއަށްގެންދެވުނު މަރުހަލާގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

އަފީފް ވިދާޅުވީ ޤައުުމުގެ އިގްތިސާދު ކޮޅަށް ޖެހުމައްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް ސަރުކާރުގެ މަތީ ފަންތީގައި ތިއްބެވި ފަރާތްތަކާއި އޭރުގެ ފިނޭންސް މިނިސްޓަރުވެސް ހިމެނޭހެން ރިޒޯޓް ހަދާވާހަކަ އަޑުއިވުމަކީ ޤަބޫލު ކުރެވޭވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ.

އަފީފް ވިދާޅުވީ، މިހާރު އޮތް ބަޖެޓް މަޖިލީޙުން ފާސްވި ކަމުގައިބ ވިޔަސް، މި ބަޖެޓް އޮތް ގޮތުން އަދިވެސް ދިރާސާ ކޮށް ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

ހަމައެހެންމެ، އިންތިހާއަށް ހަރަދު ކުޑަކުރަންޖެހޭ ބަޖެެޓެއްގެ ގޮތުގައި މި ބަޖެޓު ފާހަގަކުރެވޭ ކަމަށާއި، މިއީ އުއްމީދީ ބަޖެޓެއް ކަމަށް ވިދާޅުވިއަސް މިއީ ފޭރޭ ބަޖެޓެއް ކަމަށައި، އަދި ވައްކަމަށް ހުޅުވިފައިވާ ބަޖެޓެއް ކަމަށް އަފީފް ވިދާޅުވިއެވެ.

ބަޖެޓް ހުޅުވިފައި އޮތީ ސީދާ އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ވެސް ފުޅާ ކުރުމައްޓަކާއި، ކުރިން ކޮށްފައި ހުރި ކަންތައްތައް ފިޔަވާ އިތުރު ކަމެއް ފެނިފައި ނުވާކަމަށެވެ. ކުރީ ސަރުކާރުން ފާއިތުވި ދުވަސްތަކުގައި ބަޖެޓް ސިންދަފާތު ކުރާ ވާހަކަ ދައްކަމުންދިޔައިރު އެކަން އެމަގުން ކޮށްފައި ނުވާކަމަށެވެ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމެންދެންވެސް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ތިމަންމާމެނަށް ބަޖެޓް މެނޭޖު ކުރެވޭނެ ކަމަށް ކަން ފާހަގަކުރައްވަމުން، ނަމަވެސް މިއަދު ދަރަނި ރީ ފައިނޭސް ކުރާ ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތުގައި ވިސްނާފައި ކަންކޮށްފައިވާ ގޮތެއްނޫން ކަމަށެވެ. މިގޮތުން ރާއްޖެ މިހާރު މި އޮތީ އަވައްޓެރި ސްރީލަންކާ ބަގުރޫޓްވެ އުޅުނު ހާލަތާއި ދާދި އެއް ގާތުގައި އެ މިސްރާބަށް ކަމަށެވެ.

މީގެ ކުރިން ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މަޖީލީހަށް ހާޒިރުވެ ވާހަކަ ދައްވަވަމުން ހަރަދު ބޮޑުވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފައިވާތީ ކަމަށް ވިދާޅުވި ނަމަވެސްް ތެޔޮ ފޯރުކޮށްދޭ ފަރާތަަށް ތެލަށް ދައްކާ ފައިސާ ދައްކާފައިވާ ނުވާ ކަމަށާއި، އެގޮތުން އެސްޓީއޯ އަށް ދައްކަން ޖެހޭ އަދަދު އަތް ނުފޯރާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަފީފު ކުރީގެ ސަރުކާރުން އެއްކޮ ކައި ހުސްކުރި ހައިގިދު ތުއްފިއްތާގެން ހުރެފާ
    މިހާރު ތައްމިނަށް އަގަހުޅުވާގެން ތިކިޔަނީ ލަވައެއްތޯ؟ ސުވާލު ކޮށްލައްވާ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު