އިސްރަށްވެހިންނަކީ ދިރިތިބި ކުތުބުޚާނާއެއް: ވަޒީރު

އިސްރަށްވެހިންނަކީ ދިރިތިބި ކުތުބުޚާނާއެއްކަމަށާއި އެބޭފުޅުންގެ ކިބައިގައިވާ ޢިލްމާއި ދުނިޔަވީ ދިރިއުޅުމުގެ ތަޖުރިބާތައް އަދުގެ ޖީލަށް ފޯރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޅ.ކުރެންދޫގެ އިސްރަށްވެހިންގެ އަގުވަޒަންކޮށް އިނާމު ދިނުމަށް ކުރެންދޫ ކައުންސިލުން ބޭއްވެވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ފާދިއްޕޮޅު ކުރެންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުަގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި އިސްރަށްވެހިންނަކީ ދިރިތިބި ކުތުބުޚާނާއެއްކަމަށާއި އެބޭފުޅުންގެ ކިބައިގައިވާ ޢިލްމާއި ދުނިޔަވީ ދިރިއުޅުމުގެ ތަޖުރިބާތައް އަދުގެ ޖީލަށް ފޯރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ދިވެހި ރަހަތައް، ދިވެހި މަސައްކަތްތެރިކަން، ދިވެހިންގެ އުޅުންތެރިކަން، ހިލޭ ސާބަހަށް ރަށުގެ ތަރައްޤީއަށް މަސައްކަތްކުރި ރޫހު، ހިތު ލޯބިން ކޮންމެ މަގެއް ކުނިކަހައި މުޅި ރަށް ބެލެހެއްޓި ބެލެހެއްޓުންވެސް ވަނީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ މަސައްކަތްތަކުގެ ސަބަބުން ދިވެހި ޤައުމަށް ފޯރި ހެޔޮ އަސަރުތައް އަދުގެ ޖީލަށް އެނގުން މުހިންމުކަމަށާއި އިސްރަށްވެހިންނަށް ގަދަރުކުރާ މުޖުތަމައެއް އުފެދޭނީވެސް އޭރުން ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އިސްރަށްވެހިންނަށް ގަދަރުކުރުން އަދި އެބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި 53 އިސްރަށްވެއްސަކަށް ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު