18 ޖަނަވަރީ 2025

އަމިއްލަ މަންމައަށް މަރުގެ އިންޒާރު ދިން މީހެއްގެ ބަންދަށް 15 ދުވަސް

އަމިއްލަ މަންމައަށް މަރުގެ އިންޒާރުދިން މީހަކު ބަންދު ކުރުމަށް ކްރިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އަމިއްލަ މަންމައަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން، 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ މ. ސަންމާމުގެ، އަހުމަދު ޞިޔާދު ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، އޭނާ މަރުގެ އިންޒާރުދީފައިވަނީ އޭނާގެ އަމިއްލަ މަންމައަށާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، އެމީހާއަކީ މީގެކުރިން ވެސް އެކި އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އެއީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު