Saturday, 15 June 2024

އެފްއޭއެމް ބަނގުރޫޓުވެފައިވަނިކޮށް، އައު ޖީއެސްއަކަށް ޖައުޝަން

އެފްއޭއެމް ބަނގުރޫޓް ވެފައިވަނިކޮށް، އެ އެސޯސިއޭޝަންގެ އައު ޖެނެރަލް ސެކްރެޓަރީއަކަށް، މުހައްމަދު ޖައުޝަން ޝަރީފް ހަމަޖައްސައިފިއެވެ.

ޖައުޝަން މިހާތަނަށް ހުންނެވީ، އެ އެސޯސިއޭޝަންގެ ލީގަލް ޑައިރެކްޓާގެ މަޤާމުގައެވެ.

ޖައުޝަން އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ، ގާތްގަނޑަކަށް މިދިޔަ އަށެއްކަ އަހަރު، ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހުސައިން ޖަވާޒު އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ބައްސާމް ވަނީ ފުޓްބޯޅައަށް ޖަވާޒުކޮށްދެއްވީ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެފްއޭއެމްގެ ހިންގާ ޤަވާޢިދުގައި ވާގޮތުން، އެ އެސޯސިއޭޝަން އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް މީހަކު އައްޔަން ކުރަންޖެހޭނީ އެ އެސޯސިއޭޝަނުގެ ރައީސަށް ފެންނަ ނަމެއް އެކްސްކޯއަށް ހުށަހަޅައި، އެ ނަމަކަށް އެކްސްކޯއިން ރުހުން ލިބިއްޖެނަމައެވެ.

އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އެސޯސިއޭޝަނުގެ ވައިބާ ގުރޫޕަށް މިރޭ ފޮނުވި މެސެޖުގައި ވިދާޅުވި ގޮތުގައި ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް ޖައުޝަން އައްޔަން ކުރީ އެކްސްކޯގެ ފުރިހަމަ އަޣްލަބިއްޔަތާ އެކުއެވެ.

ޖައުޝަން އަކީ ކުޅިވަރުގެ ޤާނޫނީ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެޑްމިނިސްޓްރޭޓާއެއްގެ ގޮތުގައި 2007 ގައި އެފްއޭއެމްއާ ގުޅުނު ޖައިޝަން އަކީ ނިޔޭގެ އެންޓި ޑޯޕިން އެޖެންސީ އިން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ސެންޓްރަލް ރިޒަލްޓް މެނޭޖްމަންޓް ޕެނަލްގެ މެންބަރެއްވެ މެއެވެ.

އޭނާ ވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ މިދިޔަ ދައުރުގައި ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ.

އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައިވާއިރު، ބައްސާމު އެފްއޭމްގެ ރައީސް ކަމުން ދުރުކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ އިދާރާގެ ދަރަނީގެ ބޮޑެތި މައްސަލަތައް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ، އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫންވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެ އިދާރާއަށް ވަދެ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފައެވެ.

އެފްއޭއެމުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު، އެ އިދާރާގެ ނައިބު ރައީސްގެ މަޤާމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރުކަމުން ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެފްއޭއެމްގެ ޙާލަތު ގޯސްވެފައިވަނީ މި ފަހަކުން ނޫނެވެ. ބައްސާމް ބަދަލުކުރުމުގެ މަސައްކަތް ރައީސް ޞާލިޙްގެ ސަރުކާރު ފެށުނު ތަނާހެން ކުރަންފެށިއެވެ. އެހެންނަމަވެސް، ބަައެއް ސަބަބުތަކާހުރެ އެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު. "ސޭވް އެފްއޭއެމް" ގެ ނަމުގައި އޭނާ ދުރުކުރުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށައިފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު