17 ޑިސެންބަރު 2025
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް، ފައިލް ފޮޓޯ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 7 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ޢައްޔަންކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 7 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފިއެވެ.

ހަތް ކުންފުންޏައް އައްޔަން ކުރުމަށް ފޮނުވި ނަންތަކަކީ:

  • އެންސްޕާ- ޕީޕީއެމް ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
  • އާސަންދަ- ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
  • ވެމްކޯ- އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް
  • ފެނަކަ- މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު
  • ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
  • އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު
  • ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު

މި ބޭފުޅުންގެ ނަންތައް ޕީސީބީއަށް ސަރުކާރުން ފޮނުވާފައިވާކަން ޕީސީބީއިން ވަނީ ޔަޤީންކޮށްދެއްވާފައެވެ. އެހެންނަަމަވެސް، މިހާތަނަށް އެބޭފުޅުން އައްޔަންކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު