Saturday, 15 June 2024

އިހަވަންދިއްޕޮޅު އިންޓަގްރޭޓަޑް މަޝްރޫޢު ވަރަށް އަވަހަށް އިއުލާނު ކުރަނީ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް ކުރިއަށް ގެންދިއުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ޕްލޭންގައިވެސް ހިމަނުއްވާފައިވާ މަޝްރޫޢުތަކެކެވެ.

މިމަޝްރޫޢުތަކާއި ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ލ.ގާދޫ ކައިރީގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓާއި، ޕޯޓުގެ ލޮޖިސްޓިކް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި މާލޭ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ޕްލޭގައި، 'ބަންްކަރިން' ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން ހިމެނޭޭ ކަމަށާއި، އަދި މިމަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

އިހަވަންދިއްޕޮޅު މަޝްރޫޢަކީ މީގެކުރިން ވަޒީރު ސައީދު އިޤްތިސާދީ ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނެވިއިރު ފެއްޓެވި މަޝްރޫޢެކެވެ. އޭރު މިމަޝްރޫޢުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ނިމިދިޔަ ސަރުކާރުގައި މިމަޝްރޫޢު އޮތީ ހުއްޓާލާފައެވެ.

އިހަވަންދިއްޕޮޅު މަޝްރޫޢާއި ގުޅޭގޮތުން ކުރިން ޕްލޭންކޮށްފައި އޮތީ، ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު ތަރައްޤީ ކުރެއްވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު