Wednesday, 19 June 2024

މަޑުއްވަރީ ދާއިރާގެ މަޖިލިސް ގޮނޑިއަށް އަޙްމަދު ޒާހިރު ވާދަކުރަނީ

ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރ. މަޑުއްވަރީ ދާއިރާގެ މަޖިލިސް ގޮނޑިއަށް އަޙްމަދު ޒާހިރު ވާދަކުރައްވަން ނިންމަވައިފިއެވެ.

އަޙްމަދު ޒާހިރު ވާދަކުރައްވަން ނިންމަވާފައިވަނީ ވެރިކަން ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ރ. މަޑުއްވަރީ ދާއިރާއަށެވެ.

އަޙްމަދު ޒާހިރަކީ، މަޝްހޫރު "ލިޓަސް" ކުންފުނީގެެ ޖެނަރަލް މެނޭޖަރ ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ، ހިންގުންތެރި ޒުވާނެކެވެ.

އޭނާ ވަނީ ރ. މަޑުއްވަރީ ދާއިރާއިން ޕީއެންސީއަށް އަލަށް ގުޅުނު 800 މެންބަރުންގެ ފޯމް، ރޭ އެ ޕާޓީއާ ޙަވާލުކުރައްވާފައެވެ. އެ ފޯމްތަކާ ޙަވާލުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ޗެއަރމަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަަ މުޝީރު ޢަބްދުއްރަޙީމް (އަދުރޭ) އެވެ.

ރ. މަޑުއްވަރީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އާދަމް ޝަރީފް، އައު ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީކަމުގައިވާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މިނިސްޓަރު ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމާ ގުޅިގެން އެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ.

ޕީޕީއެމް ޕީއެންސީ ނިންމާފައި ވަނީ ދެ ޕާޓީ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. އެ ގޮތުން، ކުރިމަތިލައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް ނިންމަވާފައިވަނީ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު