Sunday, 06 October 2024

ޖަމީލުގެ ރާގު ބަދަލުކޮށް، ޕީޕީއެމް މެންބަރުން ލަންބަން މޮޅު އުކުޅެއް؛ "ޕީއެންއެފްއަކީ ސަރުކާރު ދިފާޢުކުރާ އައްޑަނަ"؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއު ކުރުމަށް "މޭ އައްޑަނަ" އަކަށް ނަގާނީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ލިބުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޕީޕީއެމް މެންބަރުންނަށް އައު ސަރުކާރާ ދެކޮޅަށް ނުކުތުމަކީ ފަސޭހަ ކަމަކަށް ނުވުމުން، ޖަމީލުގެ ރާގު ބަދަލުކޮށް، ޕީއެންއެފްއަކީ ސަރުކާރު ދިފާޢުކުރާ އައްޑަނަ ކަމުގައި ވިދާޅުވެފައި މިވަނީީ، ޕީޕީއެމް މެންބަރުން ޕީއެންއެފްއާ ދިމާއަށް ލަންބަން ކަން ފާހަގަކުރެވެއެވެ.

އެގޮތުން، ރައީސް ޔަމީންގެ ވަކީލް ޖަމީލް ވިދާޅުވީ ރާއްޖޭގެ ހާލަތު ނާޒުކު އިރު، މައްސަލަތަކުން އަރައިގަތުމަށްޓަކައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ވިޝަންއާ އެކީގައި މަސައްކަތް ކުރާނެ ބަޔަކީ ރައީސް ޔާމީން ހުންނެވި ފިކުރު ކަމަށެވެ.

ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެމްބަރުންނާއި ޕާޓީއެއްގައި ނޫޅޭ މެމްބަރުން ވެސް ޕީއެންއެފް އަށް ސޮއިކުރެއްވުމަކީ ޔާމީން އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ފިކުރެއް ފަނޑެއް ނުވާނެ ކަމަށާއި، އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވާނެ އުޅުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ވަރަށް ވަރުގަދަ އަށް ހަރަކާތްތެރިވާނެ ކަމަށާއި، ހާއްސަކޮށް މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު ވެގެންދާނީ އެންމެ މުހިންމު އިންތިހާބަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އުފެދިގެން މި ދަނީ ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުކަން ފާހަގަކުރައްވަމުން، ރައީސް ޔާމީންގެ މި ޕާޓީވެގެން ދާނީ މިއޮތް ސަރުކާރަށް ވެސް އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނައަކަށް ދިއްކޮށްގެން މި ސަރުކާރު ވެސް ދިފާއު ކުރާނެ ޕާޓީ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑި ކޮޅު ބަހައްޓައިގެން ކަމަށްވާ އިރު، އެމަނިކުފާނު މިނިވަން ކުރުމުގެ ވައުދު ފުއްދެވުމަކީ ރައީސަށް ވޯޓު ދިން ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރައްވަން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ރައީސް ޔާމީން މިނިވަންކުރުން އިތުރަށް ލަސްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ އަށް 3،000 ފޯމް ހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކުރީގެ ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއިރު، އެމަނިކުފާނުގެ ފަހަތްޕުޅުގައި ކުރިން ތިއްބެވި ގިނަ ބޭފުޅުން ވަނީ ރައީސް މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައި އެމަނިކުފާނުގެ ފަހަތްޕުޅަށް އަރުއްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު