15 ޖަނަވަރީ 2025

ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިއުމަކީ، މާލޭގައި ހިންގަމުން ދިޔަ ސީއެޗްއެސްއީ ބަންދުކުރަން ޖެހޭ ސަބަބެއް ނޫން: ވަޒީރު

ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިއުމަކީ، މާލޭގައި ގިނަ ދުވަސްވަންދެން ހިންގަމުން ދިޔަ ތައުލީމީ މަރުކަޒު ބަންދުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، "މިހާރު" ނޫހަށް ދެއްވި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލު، ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދ މިނިސްޓްރީގެ ޒަމާންވީ ސިޔާސަތަކީ އެ ކުއްޖަކު ދިރިއުޅޭ ތަނާ ވީހާ ވެސް ކައިރިން ތައުލީމް ފޯރުކޮށްދިނުން ކަމަށާއި ނަމަވެސް، ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިއުމަކީ، މާލޭގައި ގިނަ ދުވަސްވަންދެން ހިންގަމުން ދިޔަ ތައުލީމީ މަރުކަޒު ބަންދުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް،  މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެއަކީ ކެޕިޓަލް ސިޓީއަށްވާއިރު، އެ ތަނުގައި އޭ ލެވެލް އަށް ކިޔަވައިދޭ ސްކޫލެއް ހުންނަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސީއެޗްއެސްއީ ކުރިން ހިންގި އިމާރާތް އަމީނިއްޔާއަށް ދޭން ނިންމާފައިވުމާ އެކު، ދެން ހުރި ކަންކަމަށް ބެލުމަށްފަހު ގޮތްތަކެއް ނިންމާނެ ކަމަށެވެ

މިނިސްޓަރ ވިދާޅުވީ، މާލޭގައި އޭ ލެވެލްއަށް ކިޔަވާނެ ސްކޫލެއް  ހުންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ރަސްމީ ތައުލީމް ފޯރުކޮށްދޭންޖެހޭ އުމުރަށް ވުމުން އެ ކުދިންނަށް ރައްކާތެރިކަމާއި ކިޔަވަން ހުޅުމާލެއަށް ދަތުރުކުރުމުގައި ގޮންޖެހުން ހުރި ކަމަށެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގައެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަދި ކިރިޔާ ރަނގަޅުވާހަކައެއް ތިޔަ ވިދާޅުވެވުނީ. އަމަލީ މަސައްކަތް އަވަސް ކުރައްވާނެކަމަށް އުއްމީދު ކުރަން.

    1
    1
  2. މާލޭ ގަ އަޙުމަދީޔާ އަދި ވިލާ ހައި ސްކޫލު ގަ ވެސް އޭލެވެލް އަށް ކިޔަވަ ދޭ. ސަރުކާރުން ޕޭއި ކުރަނީ ވެސް.މާލެ އަނެއްކާ ވެސް ތޮއްޖައްސަން؟؟

  3. މާލޭގަ އޭލެވެލް އަށް ކިޔަވައިދޭ 2 ސްކޫލް ހުރިކަން މަނިކުފާނަށް ނޭގުނުކަމީ ޤާބިލްކަމުގެ ނަމޫނާއެއްކަމަށް މި ބަލަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު