Monday, 07 October 2024
ޕީޖީ ޝަމީމް، ފައިލް ފޮޓޯ

ނައީމާގެ މަރުގެ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކުރަނީ

ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޝަމީމު ވިދާޅުވީ ދަޢުވާ ކުރަން ނިންމަވާފައިވަނީ ނ. މަނަދޫ ވިނަރެސް ޙުސައިން ފަވާޒު އާއި، މަނަދޫ ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރު އާއި، މަނަދޫ ފިނިފެންމާގެ އަބްދުލް ވާހިދު ރިފާސްގެ މައްޗަށް ކަމަށެވެ. މިތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އަދުލު އިންސާފް ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކަމަށް ހުސައިން ޝަމީމު ވިދާޅުވިއެވެ.

މިތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށާއި، އަދި މިމީހުންނާއި ދެކޮޅަށް ހުށަހަޅާ ހެކިތަކާއި، ހުށަހަޅާ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ހާމަކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިތިން މީހުންނާ ދެކޮޅަށް ކުރާ ދަޢުވާ ސާބިތުވާ ވަރަށް ސައިންޓިފިކް ހެކިތަކާއި، އޭގެ އިތުރުންވެސް އެހެންކަހަލަ ހެކިތައް ހުރި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، މަނަދޫ އަންނާރުމާގެ އުމުރުން 62 އަހަރުގެ ނާއިމާ މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު 1:00އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ނަޢީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ 2 ހަތިޔާރަކާއި އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ. އެތަކެތި ފުލުހުން ހޯދާފައިވަނީ ވަޅުގަނޑެއް ކޮނެ އަޅާ އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު