އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި ވިއްކޭ މުއްދަތު އިތުރުކުރައްވައިފި

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ލިސްޓް އަލުން ކަނޑައެޅުއްވީ އެ މަނިކުފާނު  މިކަމާގުޅޭގޮތުން ނެރުއްވި ޤަރާރުންނެވެ.

ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، މި ޤަރާރުގައި ހިމަނައިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ 14 (ސާދަ) ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވައި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީޚު ވަނީ ކަނޑައަޅުއްވައިފައެވެ.

މި ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރާ ތާރީޚަށް ބަދަލުގެންނަވައިފައި ވަނީ މި ލިސްޓުގެ 13 ވަނައިގައި ހިމެނޭ ބާވަތަށެވެ. އެގޮތުން އަލަށް ގެންނަވައިފައިވާ ބަދަލާއެކު، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 2024 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާވާނެއެވެ. އަދި 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤަރާރު ނެރުއްވުމާއެކު، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، އެތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރިން ކަނޑައަޅުއްވައިފައި އޮތް ގޮތް ވަނީ ބާޠިލުކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު