ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނި، ރާއްޖޭގައި ބޭންކޮށް އެކުންފުނީގެ ބޭސްތައް ވިއްކުން މަނާކޮށްފިއެވެ.
އެގޮތަށް ނިންމީ، ފާމިކްސް ލެބޯރެޓަރީސް ކުންފުނި ބޭންކޮށް އެކުންފުނިން އުފައްދާ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުން މަނާކުރީ ބައެއް ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް(DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އަންގާވާފައިވާތީއެވެ.
ހަމައެހެންމެ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިކުންފުނީގެ ދިޔާބޭހުގައި ކެމިކަލްގެ މިދެމާއްދާ ހިމެނޭކަމަށް އެލަރޓް ކުރުމުގެ އިތުރުން ރާއްޖޭގެ މާކެޓްގައި ހުރި މިކުންފުނީގެ 2 ބޭހަކުންވެސް ކެމިކަލް ފެނުމުގެ ސަބަބުން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ.
އެގޮތުގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސް ކުންފުނިން އުފައްދާ ދިޔާ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުން ކުރުމަކީ މަނާކަމެއް ކަަމަށް އެއޮތޯރީޓިން ވިދާޅުވެއެވެ. އަދި އެކުންފުނިވަނީ ރާއްޖޭގައި ބޭންކޮށްފައެވެ.
ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސްގެ 27 ބޭހެއް ހިމެނެއެވެ.
މި ބޭސްތައް ފާމަސީތަކުން ނަގާ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ އަންގަވާފައެވެ.