Monday, 14 October 2024

ރައީސް ޔާމީންގެ މައްސަލައިގެ ހުކުމާ ގާތްވެފައިވަނިކޮށް ހައިކޯޓު ރިސެސްއަށް

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްސަލައިގެ އަޑު އެހުންތައް ނިމި، ހުކުމް ކުރުމާ ގާތްވެފައިވަނިކޮށް، ހައިކޯޓު ރިސެސްއަށް ހިނގައްޖެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ވިދާޅުވީ، ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައިކަމަށެވެ.

ކޯޓު ރިސެސްގައި އޮތް ނަމަވެސް، ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މައްސަލަތަކާއި، އަވަސް ތަބީއަތުގެ މައްސަލަތަކުގެ އިތުރުން، ހުކުމް ކުރުމަށް ބާއްވާ މަޖިލިސްތައް އޮންނާނެކަމަށް ހައިކޯޓުން މައުލޫމާތުދެއެވެ. ޑިސެމްބަރު މަހު ސުޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ.

11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރާނެ ވަކި ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ. ރިސެސް މުއްދަތުގެ ތެރޭގައިވެސް ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ އިންތިޚާބު ގައި ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު، ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގަތް އެދިވަޑައިގަތުމާ އެއްގޮތައް މިހާރު އެމަނިކުފާނު ހުންނެވީ ގެކޮޅުގައެވެ. ރައީސް މުއިއްޒުވަނީ، ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން ދޫކޮށްލައްވާނެކަމުގެ ޔަގީންކަން ސްޕޯޓަރުންނަށް އަރުވާފައެވެ.

މި ސަރުކާރުގެ ވެރިކަމަށް ހަފްތާއެއްވާން ކައިރިވެފައިވަނިކޮށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މެސެޖުތަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ނުދެއްވާ ކަމަށާއި، ޕީޕީއެމްގެ ލީޑާޝިޕުން އެމަނިކުފާނާ ދުރަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ޕާޓީ އިން ވަކިވެވަޑައިގެންފައެވެ.

އަދި 'ޕީޕަލްސް ނެޝަނަލް ފްރޮންޓް’ގެ ނަމުގައި އެމަނިކުފާނު ވަނީ އައު ސިޔާސީ ޕާޓީއެއްވެސް އުފައްދާފައެވެ. ރައީސް ޔާމީންގެ އައު ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމްއެވެ. ޒޭންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ރައީސް ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވާނެކަން ހާމަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިސަރުކާރުވެސް މޑޕއެކޭއެއްގޮތަޒް ވަރަށް ކަންބޮޑުވޭ ޔާމީނު ސަލާމަތްވެދަނެތީ ކޮއްމެކަމެންގާވެސް ހައްދެއްއޮންނަށްވާނެ ދެންއަންނަދައުރުގެ ހުވަފެނަށް އެއުޅެނީ ސުކުރުއަދާނުކުރިތާ ވެރިކަމުގެހައިސިއްޔަތުންވެސްރަގަޅެއްނު މިނިވަންކުރަށް

  2. މިސަރުކާރުގެ ބަޔަކު އަޑީގަތިބެގެން ކުރިޔައްް އޮތްމަޖިލީހުއިން ތިހާބައް ޖެހެންދެން ޔާމިނު ޖަލުގާ ބޭއްވުމައް ޖަހާމަޅިޔެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު