Monday, 16 September 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އާބަންކޯގެ އިވެންޓެއް ބާއްވަނީ

އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގް އިވެންޓެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެ ކުންފުނިން ވިދާޅުވާ ގޮތުގައި، މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިއަދު ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުގައި ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މި އިވެންޓްގައި ފަންޑްރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މަޢްރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި އިވެންޓް ނިންމާލުމުގެ ގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއަށް ޗެކް ހަވާލު ކުރުން އޮންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންންސް އެހީވުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު މި އިވެންޓްގައި ބައިވެރިވުމަށް އަރބަންކޯއިން އެދިފައިވެއެވެ.

ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޔަހޫދީ ފައުޖުން އަނެއްކާ ވެސް ޣައްޒާއަށް ބޮން އަޅަން ފަށައިފިއެވެ. ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އުދުވާން އަލުން ފަށާފައި މި ވަނީ، ހަމަލަ ބަދަލު ކުރުން މެދުކަނޑައިލުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތައް ކާމިޔާބު ނުވުމުންނެވެ.

ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ބުނީ ޑިސެންބަރު 1 ވާ ހުކުރު ދުވަހު ޣައްޒާ ގަޑިން ހެނދުނު 7 ޖެހުމާއެކު، ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަށް ހިންގަމުންދާ ކެމްޕޭން އަލުން ފަށާފައިވާ ކަމުގައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ހަމަލަތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމުގައެވެ. މުސްލިމުންގެ ގެދޮރަށް އަލުން ބޮން އަޅަން ފަށާފައި މި ވަނީ އެއްވެސް އިންޒާރަކާ ނުލައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު