ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންގެ ހާލަތު ދެނެގަންނަ ފޯމް ހުށަހަޅަން ހުޅުވާލައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށައެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުން ހާލަތު ދެނެގަންނަ ފޯމް ހުށައެޅުމަށް އަންގަވާފައިވަނީ 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެއެވެ. އެގޮތުން މި ފެށޭ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމް ހުށައެޅުމަށް އެ ވުޒާރާއން ވަނީ އަންގަވާފައެވެ. ފޯމް ބަލައިގަތުން ކުރިޔަށްދާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން 11:45 އަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރުންނެވެ.

މިއަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 4 ހާލަތެއް ކުރިމަތިވެފައިވާ މީހުންވެސް އަންނަ މަހުގެ 25 ގެ ކުރިން މިފޯމް ހުށައެޅުމަށް ވަނީ އަންގަވާފައެވެ. އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވިފަހުން ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި ދަފްތަރުގައި ރަޖިސްޓްރީވިފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން އެ ފޯމް ހުށައަޅަން ޖެހެއެވެ. އަދި ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުންނާއި މިއަހަރުގެ ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރުން ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި އާއިލާތައްވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" ހުށައަޅަން ޖެހެއެވެ.

އަންނަ މަހުގެ 25 ގެ ކުރިން ފޯމް ހުށައަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެކުލަވާލައްވާފައިވާ ފަޤީރުންގެ ލިސްޓުގައި 8000 އަށް ވުރެ ގިނަ ފަޤީރުންނާއި މިސްކީނުން އެބަތިއްބެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ފަގީރުންގެގޮތުގާ ނަށްނޯޓުކޮންފަ ތިބެނީ ފޯރާތަނަވަސްކަންހުންނަމީހުން ކާގެންބޮއެގެންއުޅުނަސް ހައްޖަށްޖާނެގޮތެއްނެއްމީހުންތިބެ ދާންބޭނުންވިޔަސް އޭގެތެރެއިން އެކެން މިވެސް يارب މިއަޅާއަށް ެސްހައްޖެދަތުރެއް މިންވަރު ކުރަށްވާންދޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު