Saturday, 15 June 2024
އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

މާލެ ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައިލެކްޝަންގެ ޕްރައިމަރީއަށް ޕްރޮގްރެސިވް ކޯލިޝަނުން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ 3 ދާއިރާއެއްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުއްވި އިޢުލާންގައި ވަނީ، މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި)ގެ މެންބަރު އިންތިޚާބު ކުރުމަށް 2024 ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ 2023 ޑިސެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި)ގެ މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، ނޮވެންބަރު 30 އިން ފެށިގެން، ޑިސެންބަރު 4 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެ އިޢުލާންގައިވެއެވެ.

އެހެންކަމުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި)ގެ މެންބަރު ކަމަށް ޝައުޤުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމަށް އެ ކޯލިޝަނުން ތައްޔާރުކޮށްފައިވާ ފޯމާއެކު ޑިސެންބަރު 4 ގެ ކުރިން ޕީއެންސީ އޮފީސް (ކާނިވަލް ދޮންމަނިކު ސްކައި ވިއު ގްރައުންޑް ފްލޯ) އަށް ނުވަތަ ޕީއެންސީގެ އީމެއިލް [email protected] އަށް ފޮނުވުމަށް އެ ކޯލިޝަނުން އެދިއްލަވައެވެ.

ހަމައެހެންމެ، އެޕްލިކޭޝަން ފޮނުވާއިރު، އެޕްލިކޭޝަންގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ބައިތައް ފުރިހަމަކޮށް އަދި އެޕްލިކޭޝަނާއި އެކު ހުށަހެޅުމަށް ބުނާ ތަކެތި ހުށަހެޅުއްވުމަށާއި، މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި) ގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޯލިޝަންގެ ޕްރައިމަރީގައި ވޯޓު ލެވޭނީ 2023 ޑިސެންބަރު 1 ގެ ނިޔަލަށް އެ ކޯލިޝަންގެ ދެޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށް އެކަނި ކަމަށް އެ އިޢުލާންގައި ފާހަގަކުރައްވާފައިވެއެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ. އަދި ކައުންސިލްގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު