ރައީސްގެ ފުރަތަމަ ދަތުރުފުޅަށް ޕްރޮގްރެސިވް ކޯލިޝަނުން މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވެޑައިގަތުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ޕްރޮގްރެސިވް ކޯލިޝަނުން މަރުޙަބާ ދަންނަވައިފިއެވެ.

އެ ކޯލިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ރަސްމީ ފުރުތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި، އިޚުލާސްތެރިކަމާއެކު އެކޯލިޝަންގެ ލީޑަރޝިޕާއި ސެނެޓް އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ފަރާތުން މަރުޙަބާ ދަންނަވާ ކަމަށެވެ.

ތުރުކީ ވިލާތުގެ ވެރިންނާއި، ކޮޕް28 ކޮންފަރަންސްގެ ޙަވާސާގައި ތަފާތު އެކި ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެ ކޯލިޝަނުން ނެރުއްވި ބަޔާނުގައިވަނ،ީ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްޤީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މިކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން މިފުޞަތުގައިވެސް އަރުވަމެވެ." އެ ކޯލިޝަންގެ ބަޔާނުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ތުރުކީ ވިލާތް އަދި އދ. ގެ ކޮޕް28 ކޮންފަރަންސްގައި ބައިވެރިވެވޑައިގަތުމަށް ޔުނައިޓަޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު