ރާއްޖޭގެ ބޭފުޅުން ދުނިޔޭގެ ފެންވަރުގެ މަޤާމުތަކުގައި ތިބުމަކީ ރާއްޖެއަށް ލިބޭ ރީތި ނަމެއް: ޑރ. ޝަހީމް

ރާއްޖޭގެ ބޭފުޅުން ދުނިޔޭގެ ފެންވަރުގެ މަޤާމުތަކުގައި ތިބުމަކީ އޭގެ ސަބަބުން ރާއްޖެއަށް ރީތި ނަމެއް ލިބިގެންދާނެ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަނުކުރެއްވުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެ އެކްސްގަައި ކުރެއްވި ޕޯސްޓެއްގައެވެ.

އެފަދަ މަޤާމަކަށް ރާއްޖޭގެ ބޭފުޅަކު އައްޔަންކުރުމަކީ އޭގެ ސަބަބުން ރާއްޖެއަށް ރީތި ނަމެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

އެ މަޤާމަށް އައްޔަން ކުރެއްވިކަން ނަޝީދު ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ނަޝީދު ވަނީ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެމަނިކުފާނު އައްޔަނު ކުރުމުން ޝުކުރު އަދާކުރައްވައިފައެވެ.  ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސީވީއެފްއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމެކެވެ. އެންމެ ފުރަތަމަ މިފޯރަމްގެ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ރާއްޖޭގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާއި ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރުމެވެ.

އެއަހަރު އެ ޖަމިއްޔާގައި މެމްބަރު ޤައުމުތަކުގެ އަދަދަކީ 10 އެވެ. ނަމަވެސް މިހާރު ސީވީއެފުގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 58 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު