Friday, 11 October 2024

ވަގުތީ ނަތީޖާ ދައްކާގޮތުން ޑިމޮކްރެޓްސްގެ ރައީސްކަން ޙަސަން ލަޠީފަށް

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން އެޕާޓީގެ ރައީސްކަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު ކާމިޔާބުކުރައްވާނެކަމަށް ލަފާކުރެވެއެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި ޙަސަން ލަޠީފާއެކު، ރައީސްކަމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެޕާޓީން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގެންނެވި އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ނިކުންނެވި ޙުސައިން ޢަމްރެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ޙަސަން ލަޠީފް ކުރީގައި އުޅުއްވަނީ އަމްރުއަށް ވުރެ ސަތޭކައަށްވުރެ ގިނަ ވޯޓާއެކުއެވެ.

މިއަދު ވަނީ އެހެން މަޤާމުތަކަށްވެސް ބޭފުޅުން އިންތިޚާބުކުރުން ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި އެޕާޓީއަށް 3 ނައިބު ރައީސުން އިންތިޚާބުކުރުން ހިމެނެއެވެ.

  • ވަގުތީ ނަތީޖާ ދައްކާގޮތުން ޒުވާނުންނަށް ޚާއްޞަ އެޕާޓީގެ ނައިބު ރައީސްގެ މަގާމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، އޭނައާއި ވާދަކުރެއްވީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރު
  • އަންހެނުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސްގެ ދާއިރާއިން ކުރީގައި އުޅުއްވަނީ އައިޝަތު އަލައިކާ، އޭނާއާއި ވާދަކުރެއްވީ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީނޫ ނާޒިމް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު