އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެ ރަށު ކުނިގޮނޑުން ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، އެ ރަށުގައި ކުޑަކުއްޖަކު ވިހެއުމަށް ފަހު އެއްލައިލާފައި އޮއްވައި ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:20 އެހާކަންހާއިރު ކަމަށެވެ.
އެ ތުއްތު ކުއްޖާ ވިހެއުމަށް ފަހު އޮތީ ކޮތަޅަކަށް ލާފައި އެ ރަށު ކުނިގޮނޑަށް އެއްލައިލާފައެވެ. އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
"މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މައްސަލައިގެ އިތުރު ތަފުސީލު ލިބެމުންދާ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެކަމު މިކިޔަނީ ފަލަސްތީނުން ކުދިންގެންނަވާހަކަ.