އަންނަ މަހުން ފެށިގެން ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޓީވީން ދައްކަން ފަށަނީ

އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާ ވަގުތުގައި އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން އުޅޭތީ މާލޭގެ ކޮންމެވެސް 1 މިސްކިތެއްގައި އިނގިރޭސި ބަހުން ޚުޠުބާ ކިޔުމާ މެދު އާންމުންގެ ޚިޔާލަށް އެދިވަޑައިގެންފައެވެ. ވަޒީރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުންކަން ފާހަގަކުރައްވަމުން، ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ލައިވްކޮށް ޓީވީން ޚުތުބާ ގެނެސްދޭ ވަގުތުގައި އިނގިރޭސިން ސަބްޓައިޓަލް އަރާނެގޮތަށް އިންތިޒާމްކުރުމަށް ނިންމަވާފައިވާކަމަށާއި، މި ހުރިހާ ކަމަކީވެސް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރެވިގެންދާނެ ނިންމުންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިޝާރާތުގެ ބަހުންވެސް ޚުޠުބާ ލައިވްކޮށް ގެނެސްދެނެކަމަށެވެ. އަދި ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖްތިމާޢީ މިންގަނޑުތަކާއި އަޚްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝާހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޝަހހީމުޓީވީޔެއްއުފައްދައިގެއިގިރޭސިބަހުންޚުތުބާފޮނުވާމިދާވަރުންމިހާރުރައީސްޝަހީމުޓެސްޓުކުރަވެއްޖެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު