ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަނީ، މި ހަފުތާގައި ނިމޭނެ

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން އެ ކުންފުނީގެ މެނޭޖުމަންޓުން އަންގައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ކުށުގެ ރެކޯޑު ސާފުކުރަން މުވައްޒަފުންނަށް އެންގެވީ، ކުރީގެ ސަރުކާރުތަކުގައި އެ ކުންފުންޏަށް މުވައްޒަފުން ނަގާ އިރު ކުށުގެ ރެކޯޑު ސާފުކޮށްފައި ނުވާތީއެވެ.

މުއާޒް ވިދާޅުވީ، ފެނަކަ އިން މީހުންނަށް ވަޒީދާ ދޭއިރު، ކުށުގެ ރެކޯޑު ސާފު ނުކުރާތީ، މަރުގެ މައްސަލައެއްގައި ވެސް އެ ކުންފުންޏެއްގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކުންފުނީގެ ކަންކަން ހަމަޖެއްސުމަށް މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

ކުށުގެ ރެކޯޑް ސާފުކުރުން މި ހަފުތާގައި ނިމޭނެ ކަމަށާއި، ޖިނާއީ ކުށެއް ސާބިތުވާ މުވައްޒަފުންނާ މެދު ލީގަލް ޑިޕާޓްމެންޓުން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ އަކީ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ސަރުކާރު ހިއްސާވާ ކުންފުންޏެވެ. ފެނަކައިގައި 8،000 އެއްހާ މުވައްޒަފުން މިހާރު އުޅޭ އިރު އެއީ ބޭނުންވާ އަދަދަށް ވުރެ މާ ގިނަ އަދަދެއް ކަމަށް ފާހަގަކުރައްވައެވެ. އަދި އެކަން އިތުރަށް ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެ ކުންފުނީގައި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި 2،000 މުވައްޒަފުން މަސައްކަތް ކުރެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނަކަ އަށް ބޭނުން ނުވާ ވަރަށް ވުރެ ގިނަ މީހުންނަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކުންފުނިން ވަޒީފާ ދިން މައްސަލަ ފާހަގަކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު