ވައިކަރަދޫ ދާއިރާއަށް ޙުސައިން ޘަޤީފް ވާދަކުރަން ނިންމައިފި

ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ޙުސައިން ޘަޤީފް ވާދަކުރަން ނިންމައިފިއެވެ.
ހދ. އަތޮޅު ކައުންސިލަށް އިންތިހާބުވެ އެކައުންސިލްގެ ރައީސްކަންވެސް ކުރެއްވެވި ޘަޤީފް، މިކަން އިޢުލާން ކުރެއްވީ މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މާތް ﷲ ގެ ވާގިފުޅާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ނިންމައިފީމެވެ. ތިލަދުންމަތީ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއި، ހެޔޮ ނަސޭހަތާއި މަޝްވަރާ ލިބޭނެކަމަށް އުންމީދުކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!.
وما توفيقي إلا بالله عليه توكلت وإليه أنيب"
މީސް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފް، މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ އަދާލަތު ޕާޓީ (އޭޕީ) ގެ ފަރާތުންނެވެ.
"ތިލަދުންމަތީ ފިކުރު" ގެ ނަމުގައި ރީތި ކެންޕެއިން އެއް 2019 ވަނަ އަހަރުކޮށް 995 ވޯޓު ހޯއްދެވި އެވެ. އެއިންތިހާބުން ނާކާމިޔާބު ވުމާއި އެކު، ޘަޤީފް ފެނިގެން ގޮސްފައިވަނީ ނޫސްވެރިކަމުގެ ދާއިރާ އިންނެވެ.
ތިލަދުންމަތީގެ ޙަބަރުތައް ގެނެސްދިނުމަށް ހާއްސަ ނޫހެއް "ތިލަދުން" ނަމުގައި އުފެއްދެވެމުގެ އިތުރުން، އިނގިރޭސި ބަހުން ތިލަދުންމަތީގެ ޚަބަރުތައް ގެނައުމަށް "ތިލަދުންމަތީ ޓައިމްސް" ގެ ނަމުގައި ވެސް ނޫހެއް ފެއްޓެވިއެވެ.
ޘަޤީފް ތައުލީމު ހާސިލުކުރެއްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ރިސޯޓު އިންޑަސްޓްރީގައި ބައެއް ބޮޑެތި ރިސޯޓުތަކުގައި ޓެކްނީޝަނުން ފެށިގެން އައިޓީ މެނޭޖަރުގެ ވަޒީފާ އަދާކުރެއްވި އަދި ބައެއް އިންޓަރނޭޝަނަލް ކުންފުނިތަކުގައި ޕްރޮޖެކްޓް މެނޭޖަރެއްގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު