Friday, 11 October 2024

އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމަޢަކަށްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ކޮންމެ ދިވެހި ދަރިއެއް މިޤައުމަށް މުހިންމުކަމަށާއި، އެކަކު އަނެކަމަށް އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޓުވިޓެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މުހިއްމު ކަންތައްތަކެއް ހިމަނުއްވާފައެވެ. އަދި އައު ސަރުކާރުގެ ހަފްތާ 14ގައި ވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ފެއްޓެވުމަށް ހިމަނުއްވައި، އެމީހުންގެ ކަންކަން ގާތުން ބަލާ، އެހިތެރިކަން ދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެއްވުންވެސް ހިމެނެއެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުން ދައްކާގޮތުގައި، ރާއްޖޭގައި 24،401 މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. އެއީ ރާއްޖޭގެ އާބާދީގެ %6.9 މީހުންނަކީ، ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ނުވަތަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ.

ނުކުޅެދުންތެރިކަން ބޮޑަށް ފާހަގަކުރެވިފައިވަނީ އަންހެނުން ކަމަށްވާއިރު، ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 13،456 މީހުންނަކީ އަންހެނުންނެވެ. އެއީ ރާއްޖޭގެ އަންހެނުންގެ އާބާދީގެ %7.8 މީހުންނެވެ.

ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ 10،945 ފިރިހެނުން އެބަތިއްބެވެ. އެއީ ފިރިހެނުންގެ އާބާދީގެ %6.1 މީހުންނެވެ.

މީގެތެރެއިން 15،948 މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 8453 މީހުން ދިރިއުޅެނީ މާލޭގައެވެ. މާލޭގެ ޖުމްލަ އާބާދީގެ %7.8 އަކީ ހާއްސަ އެހީއަށް ބޭނުންވާމީހުންނެވެ. އަދި އަތޮޅުތެރޭގެ އާބާދީގެ %5.7 މީހުންގެ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު