15 ޖަނަވަރީ 2025
އަމީނީ މަގުގެ ފަހު ސެގްމެންޓް ނިނމުމުގެ ތެރެއިން، ފައިލް ފޮޓޯ: އާރްޑީސީ

އަމީނީ މަގުގެ މަސައްކަތް ހުއްޓިފައި އޮތް ހިސާބުން، އަލުން ފަށަނީ

ކުރީ ސަރުކާރުން ތާރު އަޅައިގެން ހަދަން ފެށި އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން، އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު މިނިސްޓްރީން މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބަޔަކީ އެ މަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދުކަމަށްވާތީ، އާންމުންނަށް ދަތިނުވާނެ ގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓް، 12 އަދި 13 ގައި މަސައްކަތް އަވަހަށް ފަށައި، އެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމުގެ މަސައްކަތް އާރުޑީސީން ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ހަމަޖައްސަވައި، އެ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ފަށައި، އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް، ވެރިކަން ނިމުނިއިރު އެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު