Saturday, 15 June 2024

ސްޓެލްކޯގެ ޗެއާމަން ދީދީ އިސްތިއުފާ ދެއްވައިފި

ކަރަންޓް ފޯރުކޮށްދެމުންދާ މައި ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އާ ޗެއާމަން ކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ދީދީ އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި، އިބްރާހިމް މުހައްމަދު ދީދީ ސްޓެލްކޯގެ ޗެއާމަން ކަމަަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

އޭނާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ސްޓެލްކޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ފަހުމީ ވަނީ އޭނާގެ ހިދުމަތަށް ޝުކުރު ދަންނަވާފައެވެ.

"ޗެއާމަންގެ މަގާމުގައި ހުންނެވި އިރު އަޅުގަނޑަށް އެއްބާރުލުން ދެއްވި ހުރިހާ ބޯޑު މެމްބަރުންގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން." ފަހްމީ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު