ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް، ފުރިހަމަ އެއްބާރުލުން ދޭނަން: ޤާސިމް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީން ކަން އެބަ އޮތް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ކައިރީ އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލަން އެ ޤައުމުން ނިންމި ޚަބަރާއި ގުޅިގެން ޤާސިމް ކުރެއްވި އެކްސްގައ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީން ކަން އެބަ އޮތް ކަމަށެވެ.

ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަރިހުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެމްޕޭން ދުވަސްވަރު ތެރޭގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

މިމައްސަލައަކީ އިންތިޚާބުގައި ހައްލުހޯދުމުގެ އަޒުމުގައި ޖުމްހޫރީ ޕާޓީންވެސް ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުން އައި ކަނޑުގެ ސަރަހައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.

ހަަމައެހެންމެ އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ގާސިމް ވަނީ ޔަގީން ކުރެވޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މި މަސައްކަތުގައި އެ ޕާޓީ އާއި އެމަނިކުފާނުގެ ފަރާތުން ދެވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް އޮތްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނުން ލިބިގެންފައިވާ އަދި މަސްވެރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިޤްތިސާދީ ސަރަހައްދުން 4500 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައި ދޫކޮށްލާފައިވާތީ މިއީ ދިވެހިންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ޤާނޫނާ ޚިލާފަށް ދޫކޮށްލާފައިވާ ސަރަހައްދަކަށްވާތީ ކުރީ ސަރުކާރުގެ މި އަމަލު ގިނަ ބަޔަކު ދަނީ ކުށްވެރިކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު