ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު 33 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރި ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 1:55 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޑޮމެސްޓިކް ފްލައިޓުން ގަމަށް އައި ވަގުތު އެއާޕޯޓުން ކަމަށެވެ.

އައްޑޫ ސިޓީގައި ގާއިމުވެ ތިބޭ ނާކޮޓިކްސް އިންޓެލިޖެންސްގެ ފުލުހުންނާއި ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *