Saturday, 15 June 2024

މިފްކޯ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރަން ނިންމަވައިފި

ސަރުކާރުގެ މަސްކުންފުނި މިފްކޯއަކީ ސައްތައިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކެބިނެޓުގައި މިއަދު ނިންމެވި މުހިންމު ކަންކަން ހިއްސާކުރައްވާފައެވެ.

ރައީސް ޑރ. މުޢިިއްޒު ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅަފައިވާ އެންމެ މުހިންމު ކަމަކީ މިފްކޯއަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުންކަމަށެވެ. އެހެންކަމުން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިއަދު ކެބިނެޓުން ނިންމެވީކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް މަސްވެރިންގެ ވަޢުދު ހާސިލްކުރުމަށް މަގުފަހިކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމްކޮށް މިފްކޯގެ ހިއްސާދާރަކަށް ހެދުމަށް. އެކަން ވާނީ މިކަންތައް ކުރިއަށް ގެންދިޔާމަ." ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން މިފްކޯ ހިންގަމުންދިޔައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.

ރައީސް ވަނީ މިއަދު ބޭއްވެވި ކެބިނެޓް ޖަލްސާގެ މުހިއްމު ނިންމެވުންތައް ޙިއްސާކުރައްވަފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު