Thursday, 20 June 2024

ހިޔާ ފުލެޓްގެ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ފުލެޓްތަކުން ނަގާ ކުލި ކުޑަކުރަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެންމެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުރެއްވި އަގުތައް ހާމަކުރައްވާފައެވެ.

ރައީސް ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ އަގުތައް 3333 ރުފިޔާއަށް ކުޑަކުރައްވާފައިވާކަމަށެވެ. މިކުލިތައް ރައީސް ކުޑަކުރެއްވީ ކުރިއަށް އޮތް 20 އަހަރު ދުވަހަށެވެ. ރަށްރަށުގައި ކުރިން 2500 އަށް ކުލި ދައްކާ ހައުސިންގ ޔުނިޓްތައް ހުރިކަމަށާއި މިތަންތަނުގެ ކުލި ހަމަ ހުންނާނީ ހަމައެގަގުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެހެންމެ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް މިހާރު ދައްކަމުންދާ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ހިޔާ ފްލެޓްތަކާއި، ވިނަރެސް ފްލެޓްތައް އަދި ރަށްރަށުގައި އަޅާފައިވާ ފްލެޓްތަކުގެ އަގުތަކަށް ބަދަލު ގެނެސް ދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު