Saturday, 15 June 2024
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ރާއްޖޭގެ ގެއްލިފައިވާ މިނިވަންކަން އިޔާދަކުރާނީ މިސަރުކާރުން: ސިރާޖު

އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ހޯދައި، ރާއްޖޭގެ ގެއްލިފައިވާ މިނިވަންކަން އިޔާދަކުރާނީ މިސަރުކާރުން ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އިންޑިޔާ ސިފައިން ބާލަން އެގައުމުން އެއްބަސްވެފައިވާ ނަމަ، އެ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ، އިންޑިއާގެ ސިފައިންގެ އަދަދު ސާފު ނުވެގެން އުޅެން ޖެހެނީ، އެކަން ފޮރުވުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އެކަމަކު އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ހޯދައި، ރާއްޖޭގެ ގެއްލިފައިވާ މިނިވަންކަން އިޔާދަ ކުރެވި ނުފޫޒުން އެއްކިބާ ވެވޭނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުޢިއްޒު ގެނައުމަށް ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ވޯޓު ދީފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ، ރައްޔިތުންގެ އެ ނިންމުނަށް އިހްތިރާމްކޮށް ކުރިޔަށް އޮތް ފަސް އަހަރަށް ގެނައި މި ވެރިކަމާއިއެކު، ކުރިއަށްދާންޖެހޭ ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ސަރުކާރަކީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރެއް ކަމަށާއި، އެއްވެސް ކަމެއް ފޮރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިންޑިޔާ ސިފައިންގެ އަދަދު ހޯދުމަށް ކުރީ ސަރުކާރުގައި ސްޕްރީމް ކޯޓަށް ދާން ޖެހިފައިވީ ނަމަވެސް، މިސަރުކާރުން ކަމެއް ހޯދުމަށް ސްޕްރީމް ކޯޓާއި ހަމައަށް ދާން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސިރާޖު އިތުރަށް ވިދާޅުވީ، ރާއްޖޭ އާއި އެއްވެސް ގައުމަކާއި މައްސަލަ ޖެހިފައި ނުވާ ކަމަށާއި، އެކަމަކު، ދިވެހިން ބޭނުން ވަނީ، އެއްވެސް ގައުމެއްގެ ނުފޫޒަކާއި ބާރު ފޯރުވުމެއް ނެތި ދިރިއުޅެންކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބުރާންތި ވިއަސް ތީބޮޑުވަރު މިޤައުމުގެ މިނިވަންކަން ގެއްލިފައި އޮތްނަމަ ތިމަޤާމުގަ ސިރާޖަށް ހުރެވޭނެތަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު