ގއ. ވިލިނގިއްޔަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކަކާއެކު ދެމީހުން ހައްޔަރުކޮށްފި

ގއ. ވިލިނގިއްޔަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު، ވިލިގނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ. މި ދެމީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ލޯންޗަކާއި ކާރެއް ބަލައިފާސްކުރި އިރު 75 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ..

ފުލުހުން ވިދާޅުވާ ގޮތުގައި، މިމައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު