ބަނގުރަލާ ދެކޮޅަށް އައްޑޫ ސިޓީ ފޭދޫގައި އޮޕަރޭޝަނެއް ހިންގައިފި

އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަނުގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 6 ހަން، 500އެމްއެލްގެ 2 ފުޅި އަދި ބަނގުރާ ކައްކަން ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 4 ވަނަ ދުވަހު ދަންވަރު 1:18 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެތަކެތި ފެނިފައިވަނީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ހަދާފައި ހުރި ހަޓެއްގެ ތެރެއިންނެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު