ގދ. އަތޮޅު ކައުންސިލުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޙަސަން ފައިހަތު (ފައިހަތު) ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ފައިހަތު އެކްސްގައި ޙިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވާގޮތުން، އޭނާ ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ތިނަދޫ ދެކުނު ދާއިރާއަށެވެ.
ތިނަދޫ ދެކުނު ދާއިރާ • ރައްޔިތުންގެ މަޖްލިސް • ފައިހަތު • 2024 pic.twitter.com/EuC1VUoA8b
— Faihath (@faihath) December 1, 2023
ގދ. އަތޮޅު ކައުންސިލުގެ ރައީސް ކަންް ކުރައްވަމުން ގެންދަވާ، ޙަސަން ފައިހަތު (ފައިހަތު) އަކީ ޤާބިލު ޒުވާނެކެވެ. އޭނާއަކީ ތިނަދޫ ސްޓޭޑިއަމްއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކުޅިވަރަށް ޚާއްޞަ އިންކަމެއް ދެއްވާ ހަރުދަނާ ޒުވާނެކެވެ. އެތްލެޓިކްސްގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދީ ތިނަދޫއަށް އެތްލެޓިކްސް ތަޢާރަފް ކޮށްދިން ޓީމްގެ އިސް މެމްބަރެކެވެ. އަދި ޒުވާނުންނާ ގުޅިގެން އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާއިން އެތައް ހަރަކާތްތައް އޭނާ ވަނީ ކުރިއަށް ގެންގޮސްފައެވެ. ތިނަދޫއަށް މާލެ އޮޕްޓިކަލްގެ ޚިދުމަތް ދިނުމާއި އޭވިޝަން ދާއިރާއިންގިނަ ޚިދުމަތް ތައް ވަނީ އޭނާ ފޯރުކޮށްދީފައެވެ.