Wednesday, 19 June 2024

މަޖިލިސް އިންތިޚާބަށް ނިކުންނަނީ ޕީޕީއެމް ޕީއެންސީ ގުޅިގެން، "ސުޕަރ މެޖޯރިޓީ" ނެގޭނެ: ޕީއެންސީ

މަޖިލިސް އިންތިޚާބަށް ނިކުންނަނީ ޕީޕީއެމް ޕީއެންސީ ގުޅިގެން ކަމަށާއި، މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" ނެގޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ޕީއެންސީ ހާމަކުރައްވައިފިއެވެ.

އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، ޕީއެންސީގެ ޗެއަރޕަރސަން ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. ޕްރައިމަރީ ބާއްވާ ދާއިރާތައް ކަނޑައަޅާނީ، ފޯމު ހުށައަޅާ އަދަދުތަކަށް ބަލާފައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަންގެ ސެނެޓުން މިރޭ ވަނީ ނިންމާފައެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ސެނެޓު ބައްދަލުވުމުގައި ވަނީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ ތާރީޚުތަކާއި، ވޯޓުގައި ބައިވެރިވުމަށް ޕާޓީއާއި ގުޅެންޖެހޭނެ ފަހު ތާރީޚުވެސް ނިންމާފައެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޕްރައިމަރީއަށް ހުޅުވާލީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަށެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝާނާއި ބައެއް އިތުރު ޕާޓީތަކުން ގުޅުނަމަވެސް، މިހާތަނަށް ނިންމާފައި އޮތީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިޚާބުގައި ކުރިމަތިލުމަށް ފުރުޞަތު ދިނުމަށްކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

"ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 10 ގެ ނިޔަލަށް ޕާޓީއާއި ގުޅޭ މެންބަރުންނަށް އެކަނި. ޕްރައިމަރީ ބާއްވާނީ މިމަހުގެ 23ގައި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއި ގުޅުނު އެމްޑީއޭ އަދި އެމްއެންޕީއާއި އެކު އޭރު އެއްބަސްވުންތަކަކަށް އައިނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

"ފޯމިއަލާއަކީ ގަދަ އަޅާ މަސައްކަތް ކުރުން، ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދުތައް ފުއްދަމުން ގެންދިއުން، އެ ވައުދުތައް ފުއްދާތަން ރައްޔިތުންނަށް ފެނުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން. މި ފޯމިއުލާގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަގުލަބިއްޔަތެއް ނަގާނަން" މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ހޯއްދަވާނެ ފޯމިއުލާ ހިއްސާ ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

މިސަރުކާރު ދެމެހެއްޓުމަށް، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން، ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ވިދާޅުވެ، ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ، މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" ނެގޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ވިދާޅުވެފައެވެ.

މިވަގުތު މަޖިލީހުގައި އެކޯލިޝަން ތަމްސީލްކުރައްވާ ތިބީ 4 މެންބަރުންނެވެ. ޕީޕީއެމްގައި މިވަގުތު އާއްމު މެންބަރުންގެ އަދަދު 38000 އިން މައްޗަށް އަރައެވެ. ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3159 މެންބަރުންނެވެ. ޕީއެންސީއަށް ގުޅުމަށް އިތުރު 10000 އަށްވުރެ ގިނަ ފޯމު، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ފުރަތަމަވެސް ފުލެޓް ލިސްޓުގަ އޮތް އެންމެނައް އެ ހަވާލު ކުރޭ ދެން މެޖޯރިޓީ ހޯދަން ވޯޓައް އެދޭ !އެފަރާތައް އޭރުން ވ.ފަސޭހަވާނެ ތިކަން ކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު