Saturday, 22 June 2024

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލައްވައިފި

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު، މި ސަރުކާރުން އުވައިލައްވައިފިއެވެ.

އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި އުސޫލުގައިވަނީ، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލުމުގެ އުސޫލުގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލައްވާފައިވާ ކަމަށާއި، އަދި އެ އުސޫލަށް ޢަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެން ކަމަށެވެ.

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭގޮތަށް އޮތް އޮތުން ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ނިމުމަކަށް ގެންނަވާފައި މިވަނީ، އެ މަނިކުފާނުގެ ސަރުކާރު ހިންގަވާނީ ދެ ފުށްފެންނަ އުސޫލެއްގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބަސްފުޅަށް ޢަމަލުކުރެއްވުމަށް ކަމަށް ބެލެވެއެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ސަރުކާރުގެ ކޮންމެކަމަކަށް ފުރިހަމައަށް ޖަވާބުދާރީ ވެވަވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"މިހެޔޮ ނިޔަތުގައި ހެޔޮވެެރިކަމެއް ކުރުމުގެ ޙަޤީޤީ އަސަރު ފެންނަން ފަށައިފި. ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދިނުމަށް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވީ ހުސް ވަޢުދުތަކެއްނޫން. ކޮންމެ ދުވަހަކު މިކަމަށް ހެކިވެވޭ ރައްޔިތުންގެ ޚާދިމެއްގެ ޙައިޞިއްޔަތުން ނުހަނު އުފާވެރިކަން އިޙުސާސް ކުރެވޭ." މި އުސޫލު ގެޒެޓްކުރެއްވުމާ ގުޅިގެން އެކަމަށް އިޝާރަތްކުރައްވައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުއާޒު ހަލީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު