22 އެޕްރީލް 2025

މިލަދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ފިރިހެނެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުން ދަނީ ނ. މިލަދޫ، ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ.

ފުލުހުން ވިދާޅުވީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 6 ވަނަ ދުވަހު ރިޕޯޓުކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރަމުން އަންނަ މުއްރަތު، އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ހަވީރު، 5:00 ޖަހާކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ފުލުހުން ހާމަކުރެއެވެ.

މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު