Saturday, 15 June 2024

ގެއްލުނު މިލަދޫ ޒުވާނާ ފެނިއްޖެ: ފުލުުހުން

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ފިރިހެނެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ނ. މިލަދޫ، ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ.

"ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ވަނީ ހާޒިރުވެފައި. ހާލު ރަނގަޅު." ފުލުހުން ވިދާޅުވިއެވެ.

އޭރު ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 6 ވަނަ ދުވަހު ރިޕޯޓުކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު