ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަމުން ދުރުކުރި ޢަލީ ވަހީދު، އެނބުރި އެމްޑީޕީއަށް

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ވަޒީރުކަމުން ވަކިކުރުމުން އަމިއްލައަށް އަރުވާލެވުނު އަލީ ވަހީދު އަލީ ވަހީދު، އެ ޕާޓީ އަށް އަލުން ސޮއިކުރައްވައިފިއެވެ. އޭނާ ވަނީ މީގެ ކުރިން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވެސް ކުރައްވާފައެވެ.

އެކަން ހާމަކުރައްވައި އޭނާ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަތް އަހަރާއި ހަތް ދުވަސް ފަހުން "އަނެއްކާ ވެސް އަނބުރާ ގެއަށް" ވަޑައިގަތީ އެމްޑީޕީގެ ފަހުރުވެރި މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

"އިރާދަފުޅުން އެމްޑީޕީއަށާއި މުޅި ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން،" ޢަލީ ވަޙީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އެ މަގާމުން ވަކިކުރިއެވެ. އަދި އެކަމާ ގުޅިގެން އަމިއްލައަށް އަރުވާލެވުނެެވެ.

ހަމައެހެންމެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ދަނިކޮށް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އަލީ ވަހީދު ރާއްޖެ އިން ބޭރަށް ކުރިން ވެސް ވަޑައިގަތެވެ. އެކަމަކު، އެމްޑީޕީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ ފަހުން މަގާމުން ވަކިވީއެވެ.

ދެން އަލީ ވަހީދު ގުޅިވަޑައިތީ ޖުމްހޫރީ ޕާޓީއަށެވެ. އެކަމަކު، ފަހުން ޖޭޕީގެ އަސާސީ ގަވައިދަށް ގެނައި އިސްލާޙަކާ ގުޅިގެން އޭނާގެ މަޤާމު ބީވެގެން ދިޔައެވެ. ރިޔާސީ އިންތިޚާބުގައި އޭނާ ތާޢީދުކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށެވެ. އޭނާ ވަނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވައި އަދި އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓުކަން ކުރައްވާފައެވެ.

އޭނާ މީގެ ކުރިން ވިދާޅުވެފައިވަނީ، ދެން ސިޔާސީ ކަންކަމުގައި އުޅުއްވުމުގެ ބަދަލުގައި އުޅުއްވާނީ ފުޓްބޯޅަ ކުރިއެރުއްވުމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *