އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ ފިރުޒުލް

މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޛު މުހައްމަދު ފިރުޒުލް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނުގެ މަޤާމު ވެސް ފުރުއްވި ފިރުޒުލް އަކީ، ވާހަކަ ދެއްކުމަށް ކުޅަދާނަ ބޭފުޅެކެވެ.

މާދަމާގެ ހުކުތު ހުތުބާގެ މައުޟޫއަކީ އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަމެވެ. މާދަމާގެ ހުކުރު ނަމާދު އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ ފިރުޒުލް ކަން ހާމަކުރުމާއެކު ގިނަބަޔަކު އަންނަނީ އޭނާއަށް ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

އުމުރުން 29 އަހަރުގެ ފިރުޒުލްއަކީ ހާފިޛެކެވެ. އޭނާއަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާސިލް ކުރައްވައިފައިވާ ބޭފުޅެކެެވެ.

"އަލްއުސްތާޛު މުޙައްމަދު ފިރުޒުލްއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނޫން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ޤުރުއާން ހިތު ދަސް ޢިލްމުވެރި ޒުވާނެއް. ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް މިރޭ ވިދާޅުވިއެވެ.

މީގެއިތުރު ނޫސްވެރިކަމުގެ ދާއިރާގައި ވެސް ފިރުޒުލް މަސައްކަތްކުރައްވާފައިވެއެވެ. އެގޮތުން އޭނާ ވަނީ ދީނީ، ސަޤާފީ އަދި ޢިލްމީ ލިޔުންތައް ލިޔުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު