Wednesday, 19 June 2024

ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް ޕީއެންސީއަށް ސޮއިކުރައްވައިފިި

ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު ނަޖްމީން ޕީއެންސީއަށް ސޮއިކުރައްވައިފިިއެވެ.

ދެއްވަދޫ ކައުންސިލުގެ ކުރީގެ ރައީސް އަޙްމަދު ނަޖްމީންއަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެއްވަދޫ ކައުންސިލުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ.

އޭނާ ޕީއެންސީއަށް ސޮއިކުރެއްވި ފޯމާ ޙަވާލުވެވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރ އަޙްމަދު ނަރީޝްއެވެ.

ދެއްވަދޫގެ ވާދަވެރި ސިޔާސީ މަޝްރަހަށް މިއައި ބަދަލުން އިތުރު ފަރާތްތައް ޕީއެންސީއަށް ވަންނަމުންދާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޕީއެންސީ އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާއިރު، ޕީއެންސީން  ބުނެފައިވަނީ، ގިނަ ޢަދަދެއްގެ ބަޔަކު އެޕާޓީއާ ގުޅެމުން އަންނަކަމަށާއި، މިހާތަނަށް ފަނަރަ ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށެވެ. އަދި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަމުން އަންނަކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީގެ މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން ވަނީ އެޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ.

ރައީސް ޔާމީން ޕީއެންސީއާމެދު އޭރު އޮތް އެއް ނުތަނަވަސްކަމަކީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރުމެވެ. ރައީސް ޔާމީން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭކަމަށެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވިނަމަވެސް އެޕާޓީގެ ލީޑާޝިޕް އޮތީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކުއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު