Saturday, 15 June 2024

ޙައްޤުތައް ރައްކާތެރިކުރެވޭ ގޮތަށް ޕާޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލްތިމާސްކޮށްފި

ހާމަކަން ބޮޑު ގޮތެއްގައި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތައް ރައްކާތެރި ވާގޮތަށް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިލްތިމާސްކުރައްވައިފިއެވެ. ޙަބީބު މިހެން ވިދާޅުވެފައިވަނީ، "ސަންގު ޓީވީ"އަށް މައުލޫމާތު ދެއްވަމުންނެވެ.

ޙަބީބު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އިންތިހާބުތަކާއި ގުޅިގެން އީސީއަށް ވަރަށް ގިނަ ސުވާލުތައް އަންނަ ކަމަށާއި، ސިޔާސީ ޕާޓީތަކަކީ ޤާނޫނީ ވަކި ޝަހްސެއް ކަމުން، އެ ޕާޓީއެއްގެ އަސާސީ ޤަވައިދާއި އަދި ހިންގާ ޤަވައިދުގައި ޕާޓީގެ ސިޔާސަތުތަށް ބިނާކުރާނެ ގޮތްތަކާއި އަދި އިންތިޚާބުތަށް ބާއްވާނެ ގޮތްތައް އޮންނާނެ ކަމަށެވެ.

އެހެންކަމުން، އިންތިހާބުތަކުގައި ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓު ލާ މީހުންގެ ލިސްޓަކީ އީސީގެ ދަފްތަރުގައި އޮންނަ ލިސްޓެއްތޯ ނުވަތަ ޕާޓީގެ ލިސްޓުތޯ ވެސް ކަނޑައަޅާނީ އެޕާޓީއަކުން ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަމައެހެންމެ، އީސީއިން ޕާޓީގެ އެފަދަ ކަންމުގެ ތެރެއަށް ނުވަންނާނެ ކަމަށާއި އީސީގެ މައްޗަށް ޕާޓީގެ ކަންކަމުގެ ތެރެއަށް ވަނުން ލާޒިމް ނޫންކަމަށާއި، ސިޔާސީ ޕާޓީތަކުން އިންތިހާބުތަށް ބާއްވަނީ އީސީން ބާއްވާ އުސޫލަކުން ނޫން ކަމަށާއި އެގޮތަށް ބޭއްވުމަށް ގާނޫނާއި ގަވައިދުން ތަން ނުދޭ ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އީސީގެ ފަރާތުން ފަންނީ ލަފަޔަކަށް ނުވަތަ އެފަދަ އެހީތެރިކަމަކަށް އެދިފިނަމަ އެކަން ކޮށްދެއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމް އޮތީ ވަރަށް ހާމަކަން ބޮޑު ގޮތަށްކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ފެންވަރުގައިވެސް މީހުން ތައުރީފް ކުރާވަރުގެ ނިޒާމެއް ފެނި، ތަޖުރިބާ ކުރަމުން ގެންދާ ކަމަށާއި، މީހުން އެންމެ ޤަބޫލުކުރާނީ އޮބްޒާވަރުންނާއި މޮނިޓަރުނަނަށްވެސް ފުރުސަތުލިބި ހާމަކަން ބޮޑު ގޮތެއްގައި އެންމެންގެ ކުރިމަތީގައި ވޯޓުލައި، ގުނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު