ރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ޗައިނާއިން ދީފި

ރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުއްވެއްޖެއެވެ.

ސައީދު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމުގައި އިތުރު ފްލައިޓްތަކާއި، އިންވެސްޓްމެންޓާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަޔަޤީންކަން ޗައިނާ ސަރުކާރުން ދީފާއިވާކަމަށާއ، ކުރިއަަށްއޮތީ އުއްމީދީ ދުވަސްތަކެއް ކަމަށެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ސައީދުގެ މި ދަތުރުފުޅަކީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހުގައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެމަނިކުފާނާއި ނައިބު ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، ރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާއިރު ޗައިނާގެ އެހީގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އުމްރާނީ މަސައްކަތެވެ. ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ މިބްރިޖްގެ ސަބަބުން ދިވެހީންގެ ދިރުއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއަށް ވަނީ އިންޤީލާބީ ބަދަލެއް ގެނެސްދީ، ރާއްޖޭގެ އިޤްތިސާދު ކުރިއަރުވަން ލިބުނު ބޮޑު ބާރެއް ލިބުމަށް މަގުފަހިވިއެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު