މަސްވެރިކަމުގެ ސިނާއަތާބެހޭ މައުލޫމާތު ހިއްސާކުރުމަށް ހަވީރެއް ބާއްވައިފި

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތާއިގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަށް، "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް އިއްޔެ ބާއްވައިފިއެވެ.

މިހަވީރަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ވަޒީރުން ވަޑައިގެންނެވިއެވެ.

Image

މިފްކޯގެ ފަރާތުން، ހުޅުމާލެ، ސެންޓްރަލް ޕާރކްގައި، ބޭއްވި މި ހަވީރުގައި ޝަޢުގުވެރި ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިވެންޓަށް ވަންނަ މަގު ޚާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށެވެ.

މި ހަވީރުގައި ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ބާއްވާ މިމުބާރާތްތަކުން ހޮވުނު ކުދިންނަށްވަނީ އިނާމްވެސްދީފައިވާިއރު، މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މިހަވީރުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާތަކެތި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލާފައިވެއެވެ.
Image

ހަމައެހެންމެ، އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ކުޅިވަރުތައްވެސް މިހަވީރުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ގޭމްތައްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.
Image
މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މިހަވީރަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މަޢުލޫމާތު ކުޑަކުދިންނާއި ޒުވާނުންނާއި ހިއްސާކޮށް މިސިނާޢަތާއި މެދު ސްކޫލް ކުދިންގެ މެދުގައި ޝަޢުޤުވެރިކަން އުފެއްދުމަށްޓަކައި ބޭއްވުނު ހަވީރެކެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްޞަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 10 ވަނަ ދުވަހު މާލޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު