Monday, 14 October 2024

ސްޓެލްކޯގެ އާ ޗެއާމަނަކަށް ކުރީގެ ޑީއެމްޑީ ލަތީފު

ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގައި 34 އަހަރު ވަންދެން މަސައްކަތް ކުރެއްވި އަދި އެންމެ ފަހުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމު ފުރުއްވި މުހައްމަދު ލަތީފު އިއްޔެ އައްޔަންކޮށްފިއެވެ.

އުމުރުން 65 އަހަރު ވުމުން ހިދުމަތުން މިދިޔަ ނޮވެމްބަރު 27 ގައި ރިޓަޔަރ ކުރެއްވި ލަޠީފް ވަޒީފާއަށް ނިކުންނެވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު ހިންގި ދުވަސްވަރު އެ ތަނުގެ އިނގިރޭސި ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭނާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން 8 މަސް ވަންދެން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން 10 އަހަރު ވަންދެން ކުރައްވާފައިވެއެވެ.

އެގޮތުން އޭނާ ވަނީ ރާއްޖޭގެ ކަރަންޓު ހިދުމަތުގައި އެކި މަރުހަލާތަކުގައި އެކި މަގާމުތައް ފުރުއްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވައިފައެވެ.

ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ސިފައިންގެ އަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި އިބްރާހިމް މުހައްމަދު ދީދީއެވެ. ލަތީފަށް އެ ކުންފުނީގެ ޗެއާމަންކަން ދިނީ މިދިޔަ ހޯމަ ދުވަހު ދީދީ އިސްތިއުފާ ދެއްވުމުންނެވެ.

މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެ ކުންފުނީގައި މިހާތަނަށް 25 އަހަރު ހޭދަކުރައްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ހުސައިން ފަހުމީއަށެވެ. އަދި އޭނާގެ ދަށުން އެންމެ އިސްކޮށް މަސައްކަތްކުރަން ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ވެސް އައްޔަން ކުރެއްވީ ސްޓެލްކޯގެ ތެރެއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު