Friday, 11 October 2024
އަމީނީ މަގުގެ ފަހު ސެގްމެންޓް ނިނމުމުގެ ތެރެއިން، ފައިލް ފޮޓޯ: އާރްޑީސީ

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތާއެކު ބަސް ރޫޓަށް ބައެއް ބަދަލުތަކެއް

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތާއެކު އެމްޓީސީސީގެ ބަސް ރޫޓަށް ބައެއް ބަދަލުތައް ގެނެސްފިއެވެ.

އެމްޓީސީސީން ރޭ ނެރުނު ނޯޓިސްއެއްގައި ބުނީ އަމީނީ މަގުގެ މަސައްކަތް ނިމެންދެން މިއަދުން ފެށިގެން މާލޭގައި އާރްޓީއެލް ބަސް ދުއްވާ ރޫޓުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

  • ބަހުގެ ރޫޓްތަކަށް ގެނައި ބަދަލުގެ ސަބަބުން، އަމީނީ ރޫޓްގެ ދަތުރުތައް ދެން ކުރާނީ އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށް ފަހު، އެ މަގުން މަޖީދީ މަގަށް އަޅައިގެން
  • އޯކިޑް ރޫޓްގެ ދަތުރުތައް ދެން ކުރާނީ މަޖީދީ މަގުން ގޮސް ވެސްޓް ޕާކް ބަސް ސްޓޮޕުން އަނބުރާލާ ގޮތަށް.
  • ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ ބަސްތަކުގެ ދަތުރު ފަށާ އަދި ނިމޭ ބަސް ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް.

އާރުޑީސީން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަމީނީ މަގުގެ ސެގްމަންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ފަށާފައިވާ މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް މެދުކަނޑާލައިފައި އޮތުމަށް ފަހުއެވެ. އެގޮތުން އަމީނީ މަގާއި އިއްޒުންދީން މަގާ ގުޅޭ ހިސާބަށް ތާރު އެޅުމަށް ފަހު މަސައްކަތް މެދުކަނޑާލީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ދިމާކޮށެވެ.

އެ ސަރަހައްދަކީ އަމީނީ މަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެހެންވެ، އާންމުންނަށް ދަތިނުވާނެ ގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާ އެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވިއެވެ.

މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ކުރީކޮޅެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ރައީސް ޞާލިޙުގެ ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު